ކަމިޝަނަރު އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީންހަމަޖައްސަވައިފިއެވެ.
މިއީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެޅުއްވި ފިޔަވަޅެކެވެ.
ފުލުހުންގެ އިދާރާ ހިންގުން އެންމެ ފުރަތަމަ ވަގުތީ ގޮތުން ހަވާލުކުރެވުނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ. ނަމަވެސް، ހޯމް މިނިސްޓަރު އިހުސާން އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނާ ވެއްޓުނު މައްސަލައިގެ ތަހުގީގާ އިސްކޮށް ހަވާލުވެ ހުންނެވީ ނަވީން ކަމަށްވާތީ، އައު ކޮމިޝަނަރަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނަވީން ހަމަޖެއްސެވި ކަމަށެވެ.
އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރުގެ ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުގައި 30 އަހަރު ހޭދަކުރައްވާފައިވާ ނަވީން، އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ސެކްޝަންތަކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.
ނަވީން ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވީ މިހާރުގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަޤާމުގައެވެ.

