ޕާކިސްތާނަށް ބިންހެލުމެއް އަތުވެއްޖެކަމަށް ޕާކިސްތާން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް އިން ބުނެފިއެވެ.
ރެކްޓާ މިންގަނޑުން 5.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ 130 ކިލޯމީޓަރު އަޑިން، ޕާކިސްތާނުގެ ސްވަޓް ކައިރި ސަރަހައްދުތަކަށް ކަމަށް އެގައުމުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް އިން ބުނެެއެވެ.
ބިންހެލުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެތަކާއި އޮފީސްތަކުން ކުޑަ ވަގުތުކޮޅަކަށް މީހުން ހުސްކުރަން ޖެހުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާަކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

