ރޭ މާލެއަށް ކުރި ވިއްސާރައިގައި ފާށަނާ ކިލެގެ މަގާއި، މަޖީދީމަގާ ގުޅޭ ކަންމައްޗަށް ދުއްވާފައިދިޔަ ވޭނެއް ގަނބައިގެންފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މީގެ 2 ދުވަސް ކުރިން މަޖީދީމަގުގެ އެ ސަރަހައްދު ސްޓެލްކޯއިން ކޭބަލްއެއް އެޅުމަށްޓަކައި ވަނީ ކޮނެފައެވެ.
އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން، ދުއްވާފައިދިޔަ އެ ވޭނުގެ އެއްފަރާތުގެ 2 ފުރޮޅުވެސް ވަނީ ގަނބައިގަނެފައެވެ. ފުލުހުން ވަނީ އެވަގުތުގަައި ވޭން ނެގުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުންނަށް ވަނީ އެކަން ނާކާމިޔާބުވެފައެެވެ.
ނަމަވެސް މިހާރު ފޯކްލިފްޓަކުން ވަނީ ގަނބައިގަނެފައިވާ ވޭން ނަގައިފައެވެ.
ރޭ މާލޭގެ މަޖީދީމަގުގެ އެހެން ސަރަހައްދެއްގައިވެސް ވަނީ ދުއްވާފައިދިޔަ އުޅަނދެއް ގަނބައިގަނެފައެވެ.

