31 އަހަރުގެ އަންހެނަކު ގެއްލިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާއެވެ.
ފުލުހުން ބުނީ، 2025 އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާގެ ހަބަރެއް ނުވާކަމަށެވެ.
ފުލުހުން ބުނީ ސަހުދާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރު ކަމަށެވެ.
މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުން ޝަހުދާ އެންމެފަހުން ފެނިފައިވާއިރު، އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅައި ހިއްސާކުރުމަށް އިލްތިމާސް ކޮށްފައެވެ.

