ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ވ. ރަކީދޫއަށް ކަަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައް އާންމު ކޮށްފައިވާއިރު، ރަކީދޫއަށް ފާއިތުވި 24 ގަޑިއިރު 88.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ލ. ކައްދޫއަށް ވެހިފައިވަނީ 63.6 މިލިމީޓަރުގެ ވާރޭއެެވެ.
ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ރަށްތައް:
- ވ. ރަކީދޫ – 88.6 މިލިމީޓަރުގެ ވާރޭ
- ލ. ކައްދޫ – 63.6 މިލިމީޓަރުގެ ވާރޭ
- މާލެ – 54.4 މިލިމީޓަރުގެ ވާރޭ
- ހުޅުލެ – 52.2 މިލިމީޓަރުގެ ވާރޭ
- ހދ. މަކުނުދޫ – 35.5 މިލިމީޓަރުގެ ވާރޭ
- ހުޅުމާލެ – 24.9 މިލިމީޓަރުގެ ވާރޭ
- އދ. މަހިބަދޫ – 19.2 މިލިމީޓަރުގެ ވާރޭ
މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ހުޅަނގާއި ހުޅަނގުއުތުރުން، އުތުރު އަތޮޅުތަކުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު ބާރުމިނުގައި އަދި މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ވިދާޅުވެފައިވެއެވެ.

