ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓެއްގެ ތެރެެއިން އަންހެނަކު ރޯ އަޑު އިވުމުން ފުލުހުން ބެލިއިރު، ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓެއްގެ ތެރެެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށާއި، މިއަދު ހެނދުނު 6:05 ހާއިރު ފުލުހުންނަށް ލިބުުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެޓެންޑްވެ، ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށެވެ.
އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

