ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން މ. އެމޭޒަން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.
ސަބަބެއް ހާމަކޮށްފައިނުވާއިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އާރުޑީސީގެ ޗެއަރޕާސަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، އަދި އެސްޑީއެފްސީގެ ބޯޑުން މުޙައްމަދު ޝާމީ އާދަމް މިމަހުގެ 27 ވަނަ ދުވަހު ވަކިކޮށްފައިވާކަމަށެވެ.
އާރްޑީސީގެ ޗެއަރޕާސަންގެ މަޤާމަށް މުޙައްމަދު ޝާމީ އާދަމް ޢައްޔަނުކޮށްފައިވަނީ މިދިޔަ އަހަރު ޖެނުއަރީގައެވެ.

