މެލޭޝިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މެންދުރުގެ މި ފަރިއްކޮޅު ބާއްވަވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.
މިފަރިއްކޮޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއި، މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

