މާލޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އިން މިއަދު ވިދާޅުވެފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ވަނީ، އިއްޔެ މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ތަންތަން ބަލައި ފާސްކޮށް، ގަވާއިދާއި ހިލާފަށް މަސައްކަތްކުރަމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދު ކުރުމަށް އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓްވެސްކޮށްފައި ވެއެވެ.

