ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އީދު ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ “އީދު ބައިބަލާ ޗެލެންޖު 2025″ގެ ޗެމްޕިއަންކަން ހޯދި ޓީއެފްޓީ އިން، އެމީހުންގެ ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމާއި އެކު ބާއްވާ އިވެންޓް އަންނަ ހުކުރު ދުވަހު އުސްފަސްގަނޑުގައި ބޭއްވުމަށް އެ ޓީމުން ނިންމައިފިއެވެ.
މިއީ ޓީއެފްޓީން އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު ކަމަށްވެފައި، މަޝްހޫރު ބޮޑުބެރު ގުރޫޕް ހަބޭސްއާއެކު ކުރިއަށް ގެންދާ މި އިވެންޓުގައި ބޮޑުބެރުގެ އިތުރުން ލައިވް މިއުޒިކް ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 29 ޓީމެއް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދާފައިވަނީ މުބާރާތުގެ ފައިނަލުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ވާދަކޮށްގެންނެވެ.

