މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ހޯދަމުން ދަނީ ތަސްވީރުގެ، ސ. ހިތަދޫ، ޢާދިލް ޙަމީދު (47އ) އެވެ.
ޢާދިލް ޙަމީދު ހޯދަން އިއުލާންކޮށްފައިވަނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް، މެއި 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އާދިލް ޙަމީދު ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

