ސްވިމިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 16 ވަނަ ގައުމީ ފެތުމުގެ މުބާރާތު އަންނަ މެއި މަހުގެ 17ގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުޑަގިރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށެވެ.
މި މުބާރާތުގައި 5 ކިލޯ މީޓަރާއި 3 ކިލޯމީޓަރު ރޭސް ކޯސް، 1 ކިލޯމީޓަރ ރޭސް އަދި 0.5 ކިލޯ މީޓަރ ރޭސް ކޯސްގެ ބައިތައް ފެނިގެންދާނެއެވެ.
16 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ސްވިމިން އެސޯސިއޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

