މާފަންނު އަލުވިމާގެއާގޭ ދިރިއުޅެމުން އައި މުޙައްމަދު ޙިސާމް (40 އަހަރު) ގެ ހަށިގަނޑު މިއަދު އާއިލާއާ ޙަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މާފަންނު އަލުވިމާގެއާގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ހިސާމްގެ ހަށިގަނޑު މިއަދު އާއިލާއާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުރަތަމަ ފުލުހުންނަށް ރިޕޯޓުކުރެވުނީ 22 އޭޕްރިލް 2025 ވަނަ ދުވަހުގެ ހަވީރު 4:40 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެފަހުން، ފުލުހުން މި މައްސަލައާ ގުޅިގެން ތަޙްޤީޤު ކުރިއަށް ގެންދިޔަކަމަށާއި މީގެ ތެރޭގައި ޕޯސްޓް މޯޓަމް ހެދުމާއި، އާއިލާއާ މަޝްވަރާކުރުން ހިމެނެއެވެ.
މައްސަލައިގެ ތަޙްޤީޤުގެ ތެރޭގައި ޕޯސްޓް މޯޓަމް ހެދުމާއި، މަރުޙޫމްގެ އާއިލާއާއެކު މަޝްވަރާކުރުންތައް ކުރިއަށް ގެންގޮސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްފަހު، 28 އޭޕްރިލް 2025 ވަނަ ދުވަހު މޯޗަރީން ހަށިގަނޑު ނެރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އަންގާފައިވެއެވެ.
އާއިލާގެ އެދުމުގެ މަތިން، މިއަދު 29 އޭޕްރިލް 2025 ވަނަ ދުވަހު މުޙައްމަދު ޙިސާމްގެ ހަށިގަނޑު އާއިލާއާ ޙަވާލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

