އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ މެކްސްހީލް ފާމަސޫޓިކަލް އިން އުފައްދާ އެންޓިބަޔޮޓިކެއްގެ ފޭކް 4 ބެޗެެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މެކްސްހީލް ފާމަސޫޓިކަލް އިން އުފައްދާ އެންޓިބަޔޮޓިިކެއް ކަމަށްވާ އެމޮކްސިސިލިން (ހީލްމޮކްސީ) ކެޕްސޫލްގެ ފޯލްސިފައިޑް 4 ބެޗެއް ދައުރު ވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޗްއެޗްއޯ) އިން އެލާޓް ކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ވިދާޅުވެފައިވާއިރު، މި އެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައިވެއެވެ.
މި ބޭހުގެ ފޭކް ބެޗުތައް ކެމަރޫން އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ދައުރު ވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޗްއެޗްއޯ) އިން ވަނީ އެލާޓްކޮށްފައެެވެ.

