މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށްމަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.
ދަރިވަރުން ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބުދިނުން ލަސްވާ މައްސަލައާއި، ލަސްވަނީ ކީއްވެކަމާއި، އެކަން ހައްލުކުރުމަށް އަޅުއްވާފައިވާ އަދި އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދި ސުވާލުކޮށްފައިވާއިރު، ސްޓޫޑެންޓް ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާ މައްސަލަވެސް ހުށަހަޅާފައިވެއެވެ.
އެގޮތުނ، މި ފައިސާތައް ޖަމާކުުރުން ލަސްވަނީ ކީއްވެގެންތޯ އާއި، ޕޭމެންޓުތައް ލަސްވުން ކުޑަކުރުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކޮށްދެއްވުމަށްވެސް ވަނީ ސުވާލުކޮށްފައެވެ.
މި ސުވާލުތަކަށް މިނިސްޓަރ ޑރ. ޢަލީ ޙައިދަރު މާދަމާ އޮންނަ ޖަލްސާގައި ޖަވާބުދެއްވާނެއެވެ.

