ރެއާލް މެޑްރިޑްގެ ޑިފެންޑަރ އެންޓޮނިއޯ ރުޑިގާ ހަ މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ރުޑިގާ ސަސްޕެންޑް ކޮށްފައިވަނީ ކޮޕަ ޑެލްރޭ ފައިނަލްގައި ދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުގައި، އެ މެޗުގެ ރެފްރީ އާއި ދިމާލަށް އެއްޗެއް އެއްލުމުގެ ސަބަބުން ކަމަށް ސްޕެއިންގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި އޭނާ ރެފްރީ އާއި ދިމާލަށް އެއްލާފައިވަނީ އައިސް ކިއުބެކެވެ.
މި މައްސަލަ ބެލުމަށްފަހު ސްޕެއިންގެ ފުތްބޯޅަ ފެޑަރޭޝަނުން ވަނީ ރުޑިގާ ހަ މެޗަށް ސަސްޕެންޑް ކޮށްފައިއެވެ. އެ ފެޑަރޭޝަންގެ ގަވާއިދު ބުނާގޮތުން ރެފްރީއާއި ދެކޮޅަށް ހިންގާ ހަމަނުޖެހުމެއްގެ ސަބަބުން އެ ކުޅުންތެރިޔާ 4 މެޗާއި 12 މެޗާއި ދެމެދުގެ މުއްދަތަކަށް ސަސްޕެންޑު ކުރެވިދާނެ ކަމަށެވެ.
މި މެޗުގެ ރެފްރީ ރިކާޑޯ ޑި ބުރްގޯސް ބެންގޮއެޓްސެއާ އޭނާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރޫޑިގާ ޓެކްނިކަލް އޭރިއާ އިން އެއްޗެއް އެއްލި ކަމަށާއި އެ އެއްޗެއް އޭނާގެ ގައިގައި ނުޖެހޭކަމަށެވެ.
މި ހާދިސާއާ ގުޅިގެން ރޫޑިގާ ވަނީ އޭނާގެ އަމަލަށް “ކަނޑައެޅިގެން އެއްވެސް ބަހަނާއެއް” ނެތް ކަމަށް ބުނެ މައާފަށް އެދިފައެވެ. އެހެންނަމަވެސް، އާރުއެފްއީއެފް އިން ވަނީ މިއީ ރޫޑިގާގެ ސަސްޕެންޝަން ކުޑަކުރުމަށް ރެއާލް އިން ކުރިކަމެއް ކަމަށް ބުނެފައެެެވެ.
ރުޑިގާއަށް މި އައި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް މި ސީޒަންގެ ފަހު ހަތަރު މެޗުގައި ނުކުޅެވޭނެއެވެ. އަދި އަންނަ ސީޒަންގެ ފުރަތަމަ މެޗުގައި ވެސްް ރުޑިގާއަށް ނުކުޅެވޭނެއެވެ.
އެހެން ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން ރޫޑިގާއަށް މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އަންގާރަ ދުވަހު އޭނާ ކުރާ ކަކުލުގެ އޮޕަރޭޝަނުގެ ސަބަބުން ސީޒަންގެ ބާކީ އޮތް ބައިގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ބެލެވޭތީކަމަށް ރިޕޯޓްތައް ބުނެއެވެ.

