ވަހަކީ އޭގެ ޒާތުގައި ބަސްނުމޮށުނެއްކަމަކު ގިނަ ވާހަކަތަކެއް ދައްކާ އެއްޗެކެވެ. ކިތަންމެ ޒަމާންވީ ހަނދާނެއްވެސް އައުކޮށްފާނެއެވެ. ހިތަށާއި ސިކުނޑިއަށް އަރާމު ލިއްބައިދިނުމުގެ އިތުރުން މުޅި މީހާ ތާޒާ ކޮށްލަދެއެވެ.
އެހެންކަމުން މިޒަމާނުގައި އެކިކަހަަލަ ސެންޓުތައް ދަނީ އާންމުވަމުންނެވެ. އަދި ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ މިއަދު އަމިއްލަ އަށް ހިތް އެދޭ ވަސް ބޭނުންނަމަ އެވަހެއް ހޯދަން ރާއްޖެއިން ބޭރަށް ދާން ނުޖެހޭ ކަމެވެ. ދިވެހިންނަށް އަދު އަމިއްލަ ގައުމުގައި އަމިއްލަ ގޭގައި ތިބެގެން އޮންލައިންކޮށްވެސް ބޭނުންވާ މީރުވަސް ދުވާ ސެންޓެއް ހޯދާލެވިދާނެއެވެ.
މިގޮތަށް ގޭގައި ތިބެގެން ސެންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް "ސްވީޓް ސްމައިލް" އަކީ ހަމަ އެއްވަނައިގެ އެހީތެރިޔަކަށް ވާނެކަން ގައިމެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގައި ކުރިއަރަމުން އަންނަ "ސްވީޓް ސްމައިލް"ގެ ސެންޓުތައް މިހާރު ދަނީ ޅަޒުވާނުންނާއި މެދުއުމުރުގެ މީހުންގެ މެދުގައިވެސް މަގުބޫލު ވަމުންނެވެ.
"ބެސްޓް އޮޕްޝަނޭ ބުނެވިދާނެ، ދުނިޔޭގެ މަގުބޫލު ބްރޭންޑުތައް އެބަހުރި، ކޮލިޓީ ކޮލިފައިޑް އޮއިލްގައި ތައްޔާރުކޮށްފައި ހުންނަނީ، އަޅުގަނޑު ބުނާނީ ސްވީޓް ސްމައިލް ހަމަ ބެސްޓް އޭ،" ސެންޓު ގަތުމަކީ ވަރަށް އިސްކަންދޭ ކަމެއްކަމަށް ބުނަމުން ޒުވާން އަންހެންކުއްޖަކު ސްވީޓް ސްމައިލް އާ ބެހޭ ގޮތުން ބުންޏެވެ.
ސްވީޓް ސްމައިލް ޕޭޖު ހިންގާ ފަރާތާ ސުވާލުކޮށްލުމުން އެފަރާތުން ޔަގީންކަން ދިނީ ސެންޓު ޖަހާތާ އިރުކޮޅެއް ތެރޭ ވަސް ކެނޑިގެން ކަންބޮޑުވެ ދެރަވާން ނުޖެހޭނެ ކަމަށެވެ. އިތުބާރު ހިފޭ އެންމެ ފެންވަރު ރަނގަޅުގެ ސެންޓު އުފަައްދާ އޮއިލްތަކުން ތައްޔާރުކުރާ ސެންޓުތަކަށް ލިބެމުންދާ ތަރުހީބު ވެސް ހަމަ ފިސާރި ބޮޑުކަމަށް ސްވީޓްސްމައިލް އިން ވަނީ ބުނެފައެވެ.
"ފިރިހެން ސެންޓަށް ބަލާލާއިރު ބަލްގާރީ، ޓައިގަރ ފަދަ އަދި އަންހެން ސެންޓުތަކަށް ބަލާއިރު ވެނީލާ 28، ލިބްރާ އިންޓެންސް ފަދަ ސެންޓުތައް މިއުޅެނީ އެންމެ ކުރީގައި، އަދިވެސް ހަމަ ގިނަ ވައްތަރުތައް އެބަހުރި،"
ސްވީޓް ސްމައިލްގެ ހިތްގައިމު އަދި އެންމެ އުފާވެރި ކަމަކީ އޯޑަރުދޭތާ ހަމަ ކުޑައިރުކޮޅެއް ތެރޭގައި އެ އޯޑަރުދިން ސެންޓުފުޅި އަތަށް ލިބޭ ކަމެވެ. މިއީ ކިތަންމެހާވެސް ބޮޑު ހިތްހަމަޖެހުމެއް ކަން ޔަގީނެވެ.
ސްވީޓް ސްމައިން އިން މައުލޫމާތު ދެމުން ބުނީ މުޅިން އަލަށް 37 ވައްތަރެއްގެ ސެންޓު މިމަހު ނެރެން ނިންމާފައިވާ ކަމަށެވެ.
ކޮންމެއަކަސް އެންމެ މީރުވަސް ދުވާ ސެންޓެއް ޖަހާލަން ބޭނުންނުވާ މީހަކު ވަރަށް މަދުވާނެކަން ޔަގީނެވެ. އެހެނީ މީރު ވަހަކީ ރޫހު ތާޒާކޮށްލަދޭ އަރާމަކަށް ވާތީއެވެ އެކަމަކު އެއީ ކޮންމެ ކޮންމެ މީހަކަށް މިނަސީބު ނުލިބެނީ އަތްނުފޯރާ ފަށަށް އަރާފައި ހުންނަ އަގުތަކުންނެވެ، އެކަމަށްވެސް ސްވީޓް ސްމައިލް އިން ހައްލު އޮތީ ހޯދައިދީފައެވެ. ސްވީޓް ސްމައިލްގެ ސެންޓުތަކުގެ އަގު އަތްނުފޯރާ ހިސާބަކަށް ނާރައެވެ. ދެ ފުޅި ސެންޓު ގަންނައިރަށް މުސާރަ ހުސްވެދާނެ ކަމުގެ ބިރު ގަންނާނެ ކަމެއް ނެތެވެ. ހަމަޖެހިލައިގެން ޕޭޖު ބަލާލާށެވެ. އަދި ކަމުދާ ސެންޓެއް ނަމަ ނިކަން ހިތްހަމަޖެހިގެން ހުރެ ގަންނާށެވެ. އެސެންޓުފުޅި ގަތުމަށް އަތުން ހޭދަވި ވަރަށްވުރެ އެ ލިބުނީތީ ހިތަށް ލިބޭޭ އަރާމާއި އުފާ މާ ބޮޑުވާނެއެވެ.
ބައިވެރިޔާއަށް ހަދިޔާއެއް ދިނުމަށްވެސް ސްވީޓްސްމައިލް މީ ހަމަ އެއްވަނައިގެ އެހީތެރިޔާ ކަމަށް ދެކޭށެވެ. ސްވީޓްސްމައިލް. ނަމާ އެއްގޮތަށް ކަން ވެސް އެހާމެ ގުޅެއެވެ. އެހެނީ މީރުވަސް ދުވާ މިފަދަ ސެންޓު މިގޮތަށް ކޮލިޓީކޮށް ފޯރުކޮށް ދިނުމުން، ހަގީގަތުގައި ވެސް ސްވީޓް ސްމައިލް އެދެނީ ފޮނި ހިނިތުންވުމެއް، އެހެންނޫންތޯއެވެ.

