މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް) އިން މިއަދު ހދ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.
މެޓްއިން ނެރުނު ސަމާލުގައި ބަޔާންކޮށްފައިވަނީ މި މުއްދަތުގައި ބޯކޮށް ވާރޭވެހި، ގުގުރުމުގެ ފުރުސަތު އޮތް ކަމަށެވެ. މިއާއެކު، މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާ ދުވަސްވަރެކެވެ. މާލެ އާއި ހުޅުމާލެއަށްވެސް މިދުވަސްކޮޅު ބޯކޮށް ވާރޭވެހެމުންދާކަން ފާހަގަކުރެވެއެވެ.
މެޓްއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރު
- އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. ކައްދޫއަށެވެ. އެރަށަށް 14.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
- ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ސ. ހިތަދޫއަށް ކަމަށްވާއިރު، އެރަށަށް 12.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
- ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނު އދ. މަހިބަދޫއަށް 6.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު،
- ހަތަރުވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އއ. ތޮއްޑޫއަށެވެ. އެރަށަށް 5.8 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

