އައްޑޫ ސިޓީގެ މަލަމަތި ޒީނަތްތެރިކުރުމަށް ޑިޖިޓަލް ގޭޓެއް ޑިޒައިންކޮށް، ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 4 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 މޭ 08 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 300 ރުފިޔާ ދައްކަންޖެހޭނެއެވެ.
ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި، މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި މި އަދަދު ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރުންވެސް ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މަސައްކަތް ޙަވާލުކުރެވޭނެ އުސޫލާއި، ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފްސީލީ މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުގައި ހިމަނާފައިވާނެއެވެ.

