އާންމުންގެ މެދުގައި މަގްބޫލް ބޮލީވުޑްގެ މަޝްހޫރު 15 އަހަރުވީ ފްރެންޗައިޒް ފިލްމު، “ހައުސްފުލް 5” ގެ ޓީޒާ ނެރެފިއެވެ.
ފިލްމުގެ 15 އަހަރުވުން ފާހަގަކުރަމުންދާއިރު، ފިލްމު އުފެއްދި ފަރާތްތަކުން ވަނީ މި މުނާސަބަތު ފާހަގަކޮށް، ފްރެންޗައިޒްގެ ފަސް ވަނަ ބައި ކަމަށްވާ ހައުސްފުލް 5 ގެ ޓީޒާ އިއްޔެ ފޭނުންނަށް ދޫކޮށްލާފައެވެ.
ހައުސްފުލް 5 ގެ ޓީޒާގައި ފިލްމުގެ ކާސްޓުން ތައާރަފް ކުރާއިރު ލިސްޓު ވެސް ފުދޭވަރަކަށް ދިގެވެ. ތަރޫން މަންސުޚާނީ ޑައިރެކްޓްކޮށް، ސާޖިދު ނާޑިއަޑްވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ފްރެންޗައިޒް އުފެދުނު ދުވަހުން ފެށިގެން ތިބި މި ފިލްމުގެ “އައިކޮނިކް ތަނބުތައް” ކަމަށްވާ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް އަދި ޗަންކީ ޕާންޑޭ ފެނިގެންދެއެވެ. ހަމައެއާއެކު، މީގެ އިތުރުން ފެނިގެންދާ މަޝްހޫރު ތަރިންގެ ތެރޭގައި ޖެކްލީން ފަރްނާންޑޭޒް، ސޯނަމް ބަޖްވާ، ނަރްގިސް ފަޚްރީ، ސަންޖޭ ދަތު، ޖެކީ ޝްރޮފް، ނާނާ ޕަޓޭކަރ، ޗިޓްރަންގާޑާ ސިންގް، ފަރުދީން ޚާން، ޖޯނީ ލީވަރ، ޝްރެޔާސް ތަލްޕާޑޭ، ޑިނޯ މޮރޭ، ރަންޖީތު، ސައުންދްރިޔާ ޝަރްމާ، ނިކިޓިން ދީރު، އަދި އަކާޝްދީޕް ސާބިރު ފަދަ ތަރިން ހިމެނެއެވެ.
މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ގައެވެ.

