ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަރުވާ ކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 17 ވަނަ ދުވަހުގެ ރޭ 21:00 ގައި މާލެ، ބާސެލޯ ނަސަންދުރައިގައި ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވުމަށް އެދި ރެޖިސްޓާކުރުމުގެ ސުންގަޑިއަކީ މި މަހުގެ 14ވާ ބުދަ ދުވަހުގެ 23:59ގެ ކުރިން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، މިދިޔަ 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓުކޮށްފައިވާ ހިސާބުތަކުގެ އިތުރުން އެސްޓީއޯގެ ފައިދާއިން މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދާއި، މި އަހަރު ކުންފުނި އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމަށް ހުށަހަޅަން ނިންމާފައިވާކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެެވެ.
ޖަލްސާ އޮންލައިންކޮށް މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

