ޒަމާނުންގެ ޒަމާނުންފެށިގެން ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންގެންދާ ބައިނަލްއަގްވާމީ ކަނޑުމަހުގެ މުނާސަބަތާގުޅުވައިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ކާބަފައިންގެ ޒަމާނުންފެށިގެން ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއައަތު ނެގެހެއްޓުމަށް ރެއާއި ދުވާލު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.
ބައިނަލް އަގުވާމީ ކަނޑުމަހުގެ ދުވަހަކީ އދ.ގެ އާންމު މަޖިލީހުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ ޓޫނާ ދުވަހުގެ ގޮތުގައި މެއި މަހުގެ 2 ވަނަ ދުވަސް ރަސްމީކޮށް ހަމަޖެއްސުމާ ގުޅިގެން ފާހަކަކުރާ ދުވަހެކެވެ.

