ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޕަލަކް ތިވާރީގެ 2 ފިލްމެއް ސިނަމާތަކަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.
އެންމެ ފުރަތަމަ އަޅުވާ ފިލްމަކީ ހޮރޯ-ކޮމެޑީ “ދަ ބޫތުނީ” އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި މޯނީ ރޯއި އަދި ސަނީ ސިންގް ފަދަ ތަރިން ހިމެނެ އެވެ.
ދެވަނަ ފިލްމަކީ އަންނަ މަހުގެ 16 ގައި ސިނަމާތަކަށް ނެރުމަށް ނިންމާފައިވާ އެކްޝަން ތުރިލާ “ރޯމިއޯ އެސް 3″ އެވެ.
ގުންޑާރާޖް” އާއި “ޒިއްދީ” އާއި “އަފްލާތޫން” އާއި “ބިއްޗޫ” ގެ އިތުރުން “23 މާޗް 1931: ޝަހީދު” ފަދަ ފިލްމުތައް ގެނެސްދިން ކާމިޔާބު ޑައިރެކްޓަރ ގުއްޑޫ ދަނޯއާ ޑައިރެކްޓް ކޮށްފައިވާ “ރޯމިއޯ އެސް 3” ގެ ބަތަލުގެ ރޯލު ކުޅެފައިވަނީ ތާކޫރް އަނޫޕް ސިންގްއެވެ.
ޕަލަކް އަކީ ސްޓާ ޕްލަސްގެ ކުރީގެ މަޝްހޫރު ސިލްސިލާ “ކަސޯޓީ ޒިންގަދީ ކީ” ގައި ޕްރޭނާގެ ރޯލު ކުޅުނު ޝްވޭތާ ތިވާރީގެ ދަރިއެކެވެ.
އޭނަގެ ފުރަތަމަ ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި “ކިސީ ކާ ބާއީ، ކިސީ ކީ ޖާން” އެވެ.

