މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް “އެމްއެންޑީއެފް” އިން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ އުސްފަސްގަނޑު ދިމާ ބޭރުން މިރޭ 23:30 ގައި ކަމަށެވެ.
މިއީ ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެކެވެ.
އެމްއެންޑީއެފުން ބުނީ ހަވާ އެރުވުން ތިން މިނެޓަށް ކުރިއަށް ދާނެ ކަމަށެވެ.

