މާލެސިޓީގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން މިއަދު އެއްވާނެ ތަންތަން ގިނަކޮށް ޤަވާއިދު އަލުން ގެޒެޓް ކޮށްފައިވާއިރު، ސުލްހަވެރިކަމާއެކު އެއްވެ އަޑުއުފުލޭނެ 4 ސަހަރަހައްދެއް ކަނޑައަޅާފައެވެ. އެއީ
- ހެންވޭރު ކާނިވާ ސަރަހައްދު
- ރަސްފަންނު ސަރަހައްދު
- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
- އުސްފަސްގަނޑު ސަރަހައްދު
މާލޭގައި އެއްވެވޭނެ ސަރަހައްދުތައް ކަނޑައަޅާފައި މި ވަނީ މާލޭގައި އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން މަޖީދަގުގައި ސިލްސިލާ މުޒާހަރަތައް ކުރަމުންދާ ދަނޑިވަޑެއްގައެވެ.
ރޭގެ މުޒަހަރާގެ ތެރެއިން ޒުވާނުން ވަނީ މިއުޒިކާއި ޓޭބަލް ޓެނިސް މޭޒު މަގުމަތީގައި ބަހައްޓައިގެން ޓޭބަލް ޓެނިސް ވެސް ކުޅެފައެވެ. އަދި މަގުމަތީގައި ކެރަމް ބޯޑު ބަހައްޓައިގެން ކެރަމް ވެސް ވަނީ ކުޅެފައެވެ. އަދި ރޭގެ މުޒާހަރާގައި ވަނީ ދެ ޒުވާނަކު ވެސް ހައްޔަރުކޮށްފައެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހު މާލޭ މަޖީދީ މަގުގެ އެކި ސަހަރައްދުގައި ސިލްސިލާކޮށް ވަނީ މުޒާހަރާތައް ބާއްވާފައެވެ.

