މަސްވެރިންނަށް މިހާތަނަށް 1.59 ބިލިއަން ރުފިޔާ ދޫކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ހަވާލުވި އިރު މަސްވެރިނަށް 250 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވައިފައެވެ.
މިކަމުގެ ސަބަބުން ޤަވައިދުން މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް އޭރު ހުރިނަމަވެސް ބޭންކް އޮފް މޯލްޑިވްސް ، މިފްކޯ އަދި ފިނޭންސް މިނިސްޓްރީ އާއެކު ހެދުނު އެއްބަސްވުމުގެ ސަބަބުން ހުސްވި އަހަރުގެ ޑިސެމްބަރު މަހު 10 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެންމެ ދުވަހެއްވެސް މެދުނުކެޑި ބަރާބަރަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވަނީ ފާހަކަކުރައްވައިފައެވެ.
48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭންފެށިފަހުން މިހާތަނަށް 488 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ 488،618،986 ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިހާތަނަށް ތެލުގެ އަދި އެހެނިހެން ސަބްސިޑީތަކާއެކު ޖުމްލަކޮށް މަސްވެރިންނަށް މިހާތަނަށް 1.59 ބިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވައިފައެވެ.
ކުރިއަށް އޮތްތަނުގައިވެސް މަސްވެރިންނަށް ބަރާބަރަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

