ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަންޖޭ ކަޕޫރްގެ ދަރިފުޅު، ޝަނާޔާ ކަޕޫރް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު “އާނކޯ ކީ ގުސްތާންކިޔާ” މި އަހަރުގެ ޖުލައި މަހު ސިނަމާތަކަށް ނެރުމަށް ނިންމައިފި އެވެ.
ޖުލައި 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލަކީ ވިކްރާންތު މަސީ އެވެ.
މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސް އިން ޕްރޮޑިއުސްކޮށް، މަގުބޫލު ވެބް ސީރީޒްތަކެއް ކަމަށްވާ “ބްރޯކެންޑް ބަޓް ބިއުޓިފުލް” އާއި “އަޕަހާރަން” ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރ ސަންތޯޝް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ލޯފަން މިއުޒިޝަނަކާއި ސްޓޭޖް ތަމްސީލު ކުޅޭ ބަތަލާއަކާއި ދެމެދު އުފެދޭ ގުޅުމެއް ދައްކުވައިދޭ “އާނކޯ ކީ ގުސްތާކިޔާ” އަކީ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.
ޝަނާޔާ އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރުގެ ދޮށީ ދަރިފުޅެވެ. ފިލްމީ އާއިލާ އަކަށް އުފަން ޝަނާޔާ އަކީ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ދެބެންގެ ދެދަރި މީހެކެވެ.

