ްއިސްލާމިކް މިނިސްޓްރީ އިން ކުރިއަށްގެންދާ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމެއް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، މި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 މެއި 2025 ވާ ހޮނިހިރު ދުވަހުގެ 14:00އެވެ.
އޮންލައިންކޮށް ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ކްލާހަށް ހާޒިރުވެގެންވެސް ތަމްރީނު ފުރިހަމަކުރަން ބޭނުންވާ ދަރިވަރުންނަށްވެސް އެ ފުރުޞަތު އޮންނާނެ ކަމަށް އިޢުލާނުގައިވެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ކުދިން ސަނަދު ހާސިލްކޮށްފައިވާއިރު، ދެވަނަ ބުރުގައި ޚަޠީބުކަމުގެ ސަނަދު 209 ޚަޠީބުން ހާސިލްކޮށްފައިވެއެވެ.

