ކެނަބިސް ބޭނުންކުރުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ އދ. ދަނގެތި، ބީޗް ހައުސް، ޔޫސުފް ޝަފީޢު، (21އ) އެވެ.
އޭނާ ހޯދަން އިއުލާނުކޮށްފައިމިވަނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ކޯޓަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، ބަންދުގައި ބަހައްޓައިގެން 2025 މެއި 6 ވަނަ ދުވަހުގެ 08:45 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޔޫސުފް ޝަފީޢު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

