ސިއްރުން ރާއްޖެއިން މުދާ ބޭރުކުރަން އުޅުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ިމި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ގައްދޫ، ނެޝަނަލްހައުސް، ޝިއުނީޒް އަޙްމަދު ( 33އ) އެވެ.
އޭނާ ހޯދުމަށް އިއުލާނުކޮށްފައި މިވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން 2025 މެއި 5 ވަނަ ދުވަހުގެ 09:45 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޝިއުނީޒް އަޙްމަދު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

