ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން މިއަދުގެ ފަތިހުގެ ވަގުތެއްގައި ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ހާލު ދެރަވެގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް، މިއަދު މެންދުރު އެއާލިފްޓްކޮށް އައިޖީއެމްއެޗަށް ގެންދެވުނު ކަމަށެވެ.
އޭނާގެ ހާލު ހާލު ވަރަށް ކްރިޓިކަލް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެއީ އަންހެނެއްތޯ ނުވަަތަ ފިރިހެނެއްތޯ ފުލުހުން ހާމަކޮށްފައިނުވާއިރު، އޭނާއަށް ވީ ގޮތްވެސް އަދި ހާމައެއް ނުކުރެއެވެ.

