ހދ. ނޭކުރެންދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް ޤާއިމްކޮށްފިއެވެ.
ބްރިލިއަންޓް ކޮމްޕެނީއާ ހަވާލްކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނޭކުރެންދޫގައި ޤާއިމްކުރި މި ހޭންޑްބޯޅަ ކޯޓަށް 1.3 މިލިއަން ރުފިޔާ ހަރަދުވިއެވެ.
ހޭންޑްބޯޅައަކީ މިވަގުތު ދިވެހިރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގެ މުބާރާތްތައް ބާއްވަމުންނެވެ.
މިގޮތުން ހދ. ގައި މިހާތަނަށް ހޭންޑްބޯޅައިގެ ފޯރިގަދަ މުބާރާތްތަކެއްވަނީ ބާއްވާފައެވެ.

