ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު ސަމާލު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭގެ 22:00 އާއި ހަމައަށެވެ.
މެޓް އިން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވެއެވެ.
އަދި ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއި އެކު ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

