ކޮންމެ އަހަރެއްގައިވެސް ރީތި ތާރީހުތައް އަންނަ ފަދައިން، މި އަހަރުގެ ރީތި ތާރީހެއް ކަމަށްވާ 5/5/25، މިއަދު، މާލޭގައި އެކަނިވެސް 25 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއްޖެއެވެ.
ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ސަގާފަތަކަށްވީއިރު، ފާއިދުވެދިޔަ އެހެން ރީތި ތާރީހުތަކާއި އަޅާ ބަލާއިރު މިއަދު ކުރުމަށް ހަމަޖެހިފައިވާ ކައިވެނިތަށް ނިސްބަތުން މަދުކަމަށް ފެމިލީ ކޯޓުން ވިދާޅުވެއެވެ.
ހަމައެއާއެކު، މިއަދު 15 ވަރީގެ ކޭސް ވެސް ތާވަލްކޮށްފައިވާ އިރު، ފެމެލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 2،485 ކައިވެނި ކުރެވުނުއިރު، 1،326 ވަރި ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

