މާލޭގައި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ މާލޭގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށާއި ޒަޚަމް ކޮށްފައި ވަނީ ވަޅިއަކުން ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 8:35 ހާއިރު ސަބްދެލިމަގު ޗާންދަލިއަރ ކައިރީގައި ކަމަށާއި މި މައްސަލަ ފުލުހުންނަށް ރިޕޯޓުވެސް ކުރި ކަމަށެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މި ހާދިސާގައި ޒަޚަމްވެފައިވާ ފަރާތަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ

