ހުޅުމާލެ ފޭސް ދެވަނަ ހިޔަވަހީގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ ކުއްޖަކު މިއަދު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ އަންހެން ކުއްޖެކެވެ.
ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފަވާކަމަށް ބުނެފައެވެ.
ސްކޫލަކަށްދިޔަ މި އަންހެން ކުއްޖާ ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާއި ތައުލީމީ ވުޒާރާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި އެމަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުންގެ ވަނީ އެދިފައެވެ.

