މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ޖަނަވަރީގެ، އުމުރުން 37 އަހަރުގެ މުޝްތާޤު ޝާކިރާއި ގއ. މާމެންދޫ، ބިލަތްމާގެ، އުމުރުން 36 އަހަރުގެ މުޙައްމަދު ފަޒީނެވެ.
މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

