ހުޅުމާލެ ފޭސް 2 ގެ ސްކޫލަކަށް ފޮނުވި ފަހުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ މިއަދު މެންދުރު ފެނިއްޖެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކުއްޖާ ފެނުނީ މިއަދު މެންދުރު 12:18 އެހައިކަށްހާއިރު ހުޅުމާލެ ފޭސް 1 އިންނެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުއެވެ. ހިޔާޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން ފުލުހުންނަށް ކަށަވަރުވުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލް ގުޅިގެންނެވެ.

