ބ. މާޅޮހުގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓަކާއ،ި 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
770 މީހުންގެ އާބާދީއެއް ދިރިއުޅޭޭ މާޅޮހުގައި މި ފެށޭ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވިމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގުނަގިނަ މަންފާތަކެއް އެ ރަށަށޤ ލިބިގެންދާނެ ކަަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީ އަކީ ފެށުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާ ކުރާ ކުންފުންޔެއް ކަން ފާހަގަކޮށްލެވެއެވެ.

