ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކ. ކާށިދޫއަށް ފޮނުވި 500 ކިލޯވޯލްޓް އެމްޕިއަރ (ކޭވީ) ގެ އައު ޖެނެރޭޓަރުސެޓު ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ، ކާށިދޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޤްޞަދުގައި މި އައު ޖެނެރޭޓަރުސެޓު ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި އައު ޖެނެރޭޓަރުސެޓު އިތުރުކުރުމާއެކު، ކާށިދޫގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 2,562 ކޭވީއަށް އިތުރުވެފައެވެ. މިއީ ރަށުގެ ކަރަންޓުގެ ޚިދުމަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ސްޓެލްކޯއިން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ޖެނެރޭޓަރުތައް އަޕްގްރޭޑްކުރުމާއި، އައު ޖެނެރޭޓަރުތައް ބެހެއްޓުން ހިމެނެއެވެ.

