އުޟްޙިޔާއަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ.
އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އުޟްޙިޔާގެ ނަމުގައި ކުކުޅު ކަތިލާ ހަދައެވެ. އެހެނަސް އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަހީމަތުލް އަންޢާމްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ނުވަތަ ނަޢަމް ޞޫފީގެ ބާވަތް ތަކެވެ. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ގެރި، ބަކަރި، ކަންބަޅި ބަކަރި އަދި ޖަމަލެވެ. އެހެންވީމާ، މުސަޅެއް ކަތިލިޔަސް، އަދި އަހެއް ކަތިލިޔަސް، ނުވަތަ ކުކުޅެއް ކަތިލިޔަސްވެސް އުޟްޙިޔާ އަކަށް ނުފުދޭނެއެވެ.
މިއިން އެއްޗެއް ރާއްޖެއިން ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ރާއްޖެއިން ލިބުނަސް ކިރިޔާވެސް ލިބެނީ ބަކަރިއެކެވެ. ގަންނަން ބަލާއިރު ރާއްޖެއިން ބަކަރިއެއް ލިބެނީވެސް ގާތްގަނޑަކަށް 5000 އާއި 6500 ދެމެދު އަގަކަށެވެ.
އެހެންނަމަވެސް މިއޮތީ ވަރަށް ފަހި ފުރުސަތެކެވެ. ޤުރުބާން އެމްވީ އިން މިވަނީ މިއަހަރުގެ އަޟްޙާ ޢީދުގައި އުޟްޙިޔާ ކަތިލަން ބޭނުންވާ ފަރާތްތަކުގެ އޯޑަރ ނަގަން ފަށާފައެވެ. އަދި އުޟްޙިޔާ މަސް ބެހުމަށް ހަމަޖެހިފައިވަނީ މިސްރުގަ ދިރިއުޅޭ ފަލަސްޠީނުގެ އާއިލާތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
ޤުރުބާން އެމްވީއިން މިއަހަރުގެ އަޟްޙާ ޢީދުގައި ގެރި، ޖަމަލު، ބަކަރި އަދި ކަންބަޅިވެސް އުޟްޙިޔާގެ ގޮތުގައި ކަތިލައިދެއެވެ. މީގެ އިތުރުން ޖަމަލު އަދި ގެރި ޝެއަރކޮށް ކަތިލުމުގެ ފުރުސަތުވެސް ޤުރުބާން އެމްވީއިން ދެއެވެ.

ޤުރުބާން އެމްވީއިން ވަނީ ފަސޭހަކަމާއެކު އުޟްޙިޔާ އަދި އަޤީޤާ އޯޑަރ ކޮށްލުމަށް ޤުރުބާން އެމްވީގެ ވެބްސައިޓުވެސް ލޯންޗުކޮށްފައެވެ. ޤުރުބާން އެމްވީގެ ވެބްސައިޓަކީ https://qurbaanmv.com އެވެ. މީގެ އިތުރުން ޤުރުބާން އެމްވީގެ ނަމްބަރ 9984111 އަށް ގުޅުއްވައިގެން ނުވަތަ ވައިބާ ކުރައްވައިގެންވެސް އޯޑަރ ކުރެވޭނެއެވެ.
އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ. އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްތޯ ނުވަތަ ދޫކޮށްލުން ހެޔޮނުވާވަރުގެ ވާޖިބު ކަމެއްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ. ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. މަރުވެފައިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ އެހެން މުސްލިމެއްގެ މަތިން އުޟްޙިޔާ ކަތިލުމަކީ ހުއްދަކަމެކެވެ. އެކަން ވެގެން ދާނީ އެމީހުންގެ މަތިން ކުރެވޭ ޞަދަޤާތަކަށެވެ.

