ދިވެހި ފުލުހުންގެ ޙިދުމަތުގައި 18 އަހަރު ހުންނެވުމަށްފަހު ކޮމިޝަނާ އޮފް ޕޮލިސް، އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު މިރޭ ރިޓަޔާ ކުރައްވައިފިއެވެ.
ޝުޖާއު ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުއެވެ.
ޝުޖާއު، ފުލުހުންގެ ހިދުމަތުުން ރިޓަޔާކުރެއްވުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. އަދި މި ރަސްމިއްޔާތުގައި ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަމަންޓް ކާޑު އަރުވާފައިވެއެވެ.
އެ ރަސްމިއްޔާތުގައިި ޕޮލިސް ކޮމިޝަނަރުގެ ޒިންމާއާ ވަގުތީގޮތުން ހަވާލުވެހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޝުޖާއުގެ އާއިލާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

