އިންޑޮނޭޝިއާއަށް ރެކްޓަރ މިންގަނޑުން 5.1 މެގްނިޓިއުޑްގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާއަށް ރެކްޓަރ މިންގަނޑުން 5.1 މެގްނިޓިއުޑްގައި އައި މި މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 70 ކިލޯމީޓަރު އަޑިން ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.
މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރުނު ކަމެއް އެނގިފައެއް ނުވެއެވެ.

