މާލޭ ގެއެއްގެ ފާހާނާ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާޚާނާ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އަދި އެތަނުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މީހާ މަރުވެފައި އޮތީ ކޮން ހާލަތެއްގައި ކިހިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ދިވެހި ފިރިހެނެކެވެ، އަދި އެމީހަކީ މާލޭ ގަލޮޅަށް ނިސްބަތްވާ ގ. ލަންކާ 46 އަހަރުގެ އަބްދުﷲ މުފީދު ކަމަށް ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

