ޝާހްރުކް ޚާންގެ “ދީވާނާ” ގެ ދެވަނަ ބައެއް ހެދުމަށް ނިންމައިފި އެވެ.
މި ފިލްމަކީ ޝާހްރުކް ޚާން ބޮލީވުޑަށް ތައާރަފުވި ފިލްމުކަން ފާހަގަކޮށްލެވެއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ގުއްޑޫ ދަނާއޯ ވަނީ މި ފިލްމުގެ ސީކުއެލް އަށް ތައްޔާރީތައްވާން މިހާރު ފަށާފައިވާ ކަމަށެވެ.
ރާޖް ކަންވަރް ޑައިރެކްޓްކޮށްފައިވާ 1992 ގެ “ދީވާނާ” ގައި ޝާހްރުކް ކުޅެފައިވަނީ ސަޕޯޓިން ރޯލެކެވެ. މިއީ ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ރިޝީ ކަޕޫރާއި ދިވްޔާ ބާރްތީ އެވެ.
މި ފިލްމުގެ ލަވަތަކުގެ ޑައިރެކްޓަރުންނަށް އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުންގެ އެވޯޑް ވެސް ލިބިފައިވާއިރު، ޝާހްރުކަށްވެސް މި ފިލްމުން އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް ލިބިފައިވެއެވެ.

