މަތީ ތައުލީމާއި ތަމްރީނާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ކުދިންގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވައިފިއެވެ.
އޮންލައިންކޮށް ސްޕެއިންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ސްޓީޑެންޓް ލޯނުގެ އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިން ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދަރިވަރުންގެ ވާހަކަަތައް އަޑު އެއްސެވި
ވަޒީރު ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވައި، މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި ކަމަށް މަތީ ތައުލީމާއި ތަމްރީނާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ސްޓޫޑެންޓް ލޯނަށް 2023 ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޕައިލެޓްކަން ކިޔެވުމަށް އެދުނު 479 ދަރިވަރަކަށް ސަރުކާރުން ވަނީ ލޯނުގެ އެހީ ދީފައެވެ.

