ޕާކިސްތާނުން އިންޑިއާގެ ކަޝްމީރަށް ހަމަލާ ދޭން ފަށައިފިއެވެ.
އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ އަޚްނޫރު، ސަމްބާ، ކަތުއާގެ އިތުރުން އަދިވެސް ގިނަ ތަންތަނަށް ހަމަލާތައް ދީފައިވާކަމަށެވެ.
ޕާކިސްތާނުން ޑްރޯން ހަމަލާ ކަޝްމީރުގެ ޖައްމޫ އެއާޕޯޓުގެ ވަށައިގެންވާ ސަރަހައްދަށް އަމާޒުކޮށްދީފައިވާއިރު، ގިނަ ސަހަރައްދުތަކުން ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިންޑިއާގެ ނޫސްވެރިން ރިޕޯޓްކޮށްފައިވެއެވެ.
މި ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުން ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާއިން ޕާކިސްތާނަށް ދިިން ހަމަލާތަކުގެ ބަދަލު ހިފާނެކަމަށް ފާކިސްތާނުން ވަނީ ބުނެފައެވެ.

