ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ 9 ޑިޕާޓްމަންޓެއްގެ އިސް މަޤާމުތަކަށް އައު އޮފިސަރުން ކަނޑައަޅައި، މިއަދުން ފެށިގެން އެ މަޤާމުތަކަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަފުށި ޕޮލިސް، ޓްރެފިކް ޕޮލިސް، ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް، ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވެލޮޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރިޓީގެ އިސް މަޤާމުތައް ހިމެނެއެވެ.
މިގޮތުން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިއެއްގެ ގޮތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު އައްޔަންކުރެވުނު އިރު، ޑްރަގް އެންފޯސްމަންޓްގެ ވެރިކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އައްޔަންކޮށްފައިވެއެވެ. އަދި ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ އިސްވެރިއެއްގެ ގޮތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަބާޙް ހަމަޖައްސާފައިވެއެވެ.
މީގެއިތުރުން ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ ވެރިކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙު މުޙައްމަދު، ތިލަމާލެ ޕޮލިސްގެ ވެރިކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، އަދި ޓްރެފިކް ޕޮލިސްގެ ވެރިކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން އައްޔަންކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ.

