މުލީ އެއަރޕޯޓަށް މިމަހުގެ 15 އިން ފެށިގެން ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް އެކަމާ ގުޅޭ މަޢުލޫމާތު އެއަރލައިންތަކާ ހިއްސާކޮށްފައިވާކަމަށާއި އެގޮތުން، މޯލްޑިވިއަން، ވިލާ އެއަރ، އަދި މަންޓާ އެއަރލައިނާއި މި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.
މިހާތަނަށް މުލި އަށް ދަރުތުތައް ފެށުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ މޯލްޑިވިއަންއިން އެކަނި ކަަމަށް މުބީން ވިދާޅުވިއެވެ. މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މުއްޔަށް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް މުބީން ވިދާޅުވިއެވެ.
މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައސާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ.
މުލި އެއަރޕޯޓް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، މި އެއަރޕޯޓުގައި 40 އެއްހާ މުވައްޒަފުން މަސައްކަތްކުރާނެއެވެ.

