ޕާޝިއަން ލަވް ކޭކު: ގޭގައި ތައްޔާރުކުރާނެ ގޮތް
ޕާޝިއަން ލަވް ކޭކަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު ކޭކެކެވެ. މި ކޭކަކީ އާމަންޑް މީލްއާއި ސެމޮލިނާ (ރަވާ) ބޭނުން ކޮށްގެން ތައްޔާރު ކުރާ، ވަރަށް ރަހަމީރު ކޭކެކެވެ.
ބޭނުންވާ ތަކެތި
ކޭކު ހެދުމަށް:
- 2 ޖޯޑު އާމަންޑް މީލް (200 ގްރާމް)
- 1 އަދި 1/2 ޖޯޑު ސެމޮލިނާ (ރަވާ) (165 ގްރާމް)
- 1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރު
- 1/2 ސައިސަމްސާ ނަޓްމެގް
- 1.5 މޭޒުމަތީ ސަމްސާ މުގުރު ކާފުރު ތޮޅި
- 120 ގްރާމް އަންސޮލްޓަޑް ބަޓާ
- 150 ގްރާމް ބްރައުން ޝުގާ
- 150 ގްރާމް ވައިޓް ޝުގާ
- 2 ބިސް
- 250 ގްރާމް ޕްލެއިން ޔޯގަޓް
- އެއް އޮރެންޖުގެ ޒެސްޓް
- 50 ގްރާމް ޕިސްޓާޗިއޯ ކޮށާފައި
ސިރަޕް ހެދުމަށް:
- 1/3 ޖޯޑުގެ ލުނބޯ ހުތް
- 1/3 ޖޯޑުގެ ހަކުރު
- 1 ސައިސަމުސާ ރޯސްވޯޓާ
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ މަރުހަލާ:
އަވަން 180 ޑިގްރީއަށް ޕްރީހީޓް ކުރަން ޖައްސާށެވެ. 22 ސެންޓިމީޓަރުގެ ކޭކު ޓްރޭއެއްގައި ބަޓަރު ހާކައި، ކޭކު ފިހަން ތައްޔާރު ކުރާށެވެ.
ދެވަނަ މަރުހަލާ:
ބޯތަށްޓެއްގައި އާމަންޑްމީލް، ސެމޮލިނާ، ބޭކިން ޕައުޑަރު، ނަޓްމެގް އަދި ކާފުރު ތޮޅި އެއްކޮށްލާށެވެ. މި ތަކެތި ރަނގަޅަށް އެއްކޮށް މިކްސް ކުރާށެވެ.
ތިންވަނަ މަރުހަލާ:
ބަޓަރާއި ދެ ބާވަތުގެ ހަކުރު މިކްސަރެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކޮށްލާށެވެ. މިކްސްޗަރ ކްރީމީ ވުމުން، ބިސްތައް އެއްކޮށް އޮމާން ވަންދެން އެއްކުރާށެވެ. ދެން ޔޯގަޓާއި އޮރެންޖް ޒެސްޓް އަޅައި އެއްކުރާށެވެ.
ހަތަރުވަނަ މަރުހަލާ:
ކުރިން ތައްޔާރު ކުރި ތަކެއްޗާއި ފަހުން ތައްޔާރު ކުރި ބައި ރަނގަޅަށް އެއްކުރާށެވެ. އެއްކުރުމަށްފަހު ތައްޔާރުކޮށްފައިވާ ކޭކު ޓްރޭއަށް އަޅައި، މަތިން ޕިސްޓާޗިއޯ އަތުރާލާށެވެ.
ސިރަޕް ތައްޔާރު ކުރުން
މެދުމިނުގެ ގިންޏެއްގައި ލުނބޯ ހުތް، ހަކުރު އަދި ރޯސްވޯޓާ އަޅައި، މަޑު އަލިފާނެއްގައި ކައްކާށެވެ. ހަކުރު ގިރެންދެން ކައްކައި، ދެމިނެޓު ވަންދެން ހުޅުމަތީގައި ބަހައްޓާށެވެ.
ފަހު މަރުހަލާ:
ކޭކު 50 މިނެޓު ވަންދެން ފިހާށެވެ. ފިހުނުތޯ ޗެކްކުރުމަށް ބާބެކިއު ސްޓިކް ބޭނުން ކުރެވިދާނެއެވެ. ފިހުމުން، ކޭކުގައި 30-40 ލޯވަޅު އަޅައި، ހޫނުކޮށްފައިވާ ސިރަޕް އަޅާށެވެ. ގަޑިއިރެއްހާއިރު ބެހެއްޓުމަށްފަހު ކެއުމަށް ތައްޔާރު ވާނެއެވެ.
ޚާއްޞަ ނޯޓު: ކޭކު އިތުރަށް ޒީނަތްތެރިކުރަން ބޭނުންވާނަމަ، ފިނިފެންމަލުގެ ފިޔަތައް މަތީގައި އަތުރާލެވިދާނެއެވެ. މިއީ ކޭކުގެ ރީތިކަން އިތުރު ކޮށްދޭނެ ކަމެކެވެ.

